ރާގު: އޯ ނަންހި ސޭ ފަރިސްތޭ
ޅެން: ޔޫޞުފު މުޙައްމަދު ފުޅު
އޭ ރަންކުރީ މި ބަސްތީ، އޮހިދާ އިރުން
އުޖާލާ
ދޯދިން ޖަރިވެ ހަސްތީ ، އޭ ރަންކުރީ މި
ބަސްތީ
ޞަމަދާނީ ތިޔަ ނޫރު، ޞަމަދާނީ ތިޔަ ނޫރު
ޢަރަފާތުގައި ދެކޭހާ، ލޯތައް މިއަދު
އެތައް ހާސް
ހެކިދޭނެޔޭ އިލާހީ، މާތް ޙަޟްރަތަށްވެ
އަޅުދާސް
ދިރިގެންވި މުޖުތަމަޢަކަށް، އަލިދޭ
އަބަދުގެ ނޫރޭ
ޞަމަދާނީ ތިޔަ ނޫރު، ޞަމަދާނީ ތިޔަ ނޫރު
އޭ ޙައްޖަތުލް ވަދާޢޭ، ޛިކުރާ އަކީ ތިބާއޭ
މި ވަދާޢަކުން ހިތާމޭ، ކުދިކުދި މިވީ
ވެދާންހޭ
ކަރުނައިގެ މުތްތަކުންވީ، ބަބުޅާ
އެލޮލުގެ ނޫރޭ
ޞަމަދާނީ ތިޔަ ނޫރު، ޞަމަދާނީ ތިޔަ ނޫރު
ޚުޠުބާ ތެރޭ ވަދާޢީ، ދެއްވެވި
އިޝާރަތުން މާތް
ޢަރަފާތުގައި ވަޙީން އައި، މޭރުންތަކުން
އެފަދަ މާތް
ވިންދާއި ލޭ ހިނގުންވެސް، އީހްސާސް ކުރާ
މިނޫރޭ
ޞަމަދާނީ ތިޔަ ނޫރު، ޞަމަދާނީ ތިޔަ ނޫރު
އަގުހުރި ވަޞިއްޔަތާ މާތް، އިރުޝާދަކީ
މިބިމުގާ
ތަކުރާރުކޮށް ހަދާނޭ، ދޫތައްވި އުއްމަތެއްގާ
ސިއްރާއި ފާޅުގައިމީ، ނުފިލާނެ ހިތުގެ
ނޫރޭ
ޞަމަދާނީ ތިޔަ ނޫރު، ޞަމަދާނީ ތިޔަ ނޫރު
ލޮބުވެތިވި ޝާހިދާއޭ، އުއްމަތުގެ މާތް
އަމީނޭ
އަޅަމެންތެރޭ މިތާނގައި، އަބަދަށްމެ
ހުންނަވާންދޭ
ހަމަ ކޮންމެ ލަމްޙަތެއްގައި، ދުށުމަށް
އެދޭ މިނޫރޭ
ޞަމަދާނީ ތިޔަ ނޫރު، ޞަމަދާނީ ތިޔަ ނޫރު
0 comments:
Post a Comment