ޔަހޫދީން

ޕޯސްޓްކުރީ Unknown Tuesday, February 19, 2013 | 1:36 PM


އި ޔަހޫދި ކަމާއެކު ޚިޔާލު ކުރާ، މަކަރާ ދޮގުތާ ވެވި ފާޅު ދިޔާ
ބަދުނާމު ވެގެން އެ ޔަހޫދީންނޭ  ދުނިޔޭގެ ވަމުން ބޭޒާރު ދިޔާ
އިޔަހޫދި ކަމާއެކު ...
 
ހީނަރުވާންހޭ އިދިކީލިވަނީ، ދުނިޔޭގައި މި އަމާންކަންވެސް އޮއްވާ
ރަޙްމަތުގެ ނަބިއްޔާ ދީލަތިކަން ގެދޮރާއި މަކާނަށް ލިބިދެއްވާ
ވަޢުދާ އިޤްރާރު އުވާ ތިޔަލީ، އަންޖާމު ކޮބާ ވެވި ފާޅު ދިޔާ
އިޔަހޫދި ކަމާއެކު ...

ތިޔަހެން ކިއްލާ ތަކުގައި ފޮރުވޭން، ބޭނުންކުރިހާ ޙިކްމަތު ހުނަރާ
ހިޔަނިން އެފުހެވިދާގޮތް ވިސްނާ، ނުމެލާނަންހޭ ތިބިގޮތް އަބުރާ
ފިސްފިސް ވެވިގެން ހުރިހާ ތަނބުތައް މަޝްހޫރު ބިނާއިން ރޫޅިދިޔާ

ދުނިޔޭގައި އަބަދަށްހޭ އުޅެނީ، ފިތުނައިގެ ވެރިން ކަމުގާ ވެވިގެން
ހެޔޮ އިސްރާޢީލުގެ ނަން ހަޑިކޮށް ކިބުރާއި ޙަސަދަ ރޯކުރުވައިގެން
ނަފުސަށް އަނިޔާ ލިބިގެންތާ ދެން، ހަރުލާ ކުރިތައް ވެވި މޯޅި ދިޔާ
އިޔަހޫދި ކަމާއެކު ...

ޚައިބަރުގެ ފަތަޙަވެސް ނުފުދޭހޭ، އޭގާވި ކަރާމާތް ނުދެކެމުހޭ
ޢިބްރަތަކަށް ރީތި ތިމާމެންނަށް، ޖެހިފާވި މުޞީބާތް ނުފެނޭހޭ
އޭ އިޔަހޫދި ޔަހޫދީންނޭ ދެން، ވަޒަނެއް ހަމައެއް ނެތި ހޫރި ދިޔާ
އިޔަހޫދި ކަމާއެކު ...
މަދަޙަ ހިއްސާކުރައްވާ :

0 comments:

Post a Comment



 

ކޮޕީރައިޓް © 2012-2014. މަދަޙަ نشيد - ލިރިކްސް
ފަރުމާކުރީ އަޙްމަދު ރަޝީދު
ހޮސްޓް ކުރީ ބްލޮގަރ ގައި