މައި ޞަފްޙާ » » ފަޖުރުލީ ފަތިހަކަށް ނަޔާ އަމާން

ފަޖުރުލީ ފަތިހަކަށް ނަޔާ އަމާން

ޕޯސްޓްކުރީ Unknown Tuesday, February 19, 2013 | 8:01 AM

ފަޖުރުލީ ފަތިހަކަށް ނަޔާ އަމާން  އަލިވަނީއެ ސާހިބާގެ ނޫރުމާތް
އުޑުތަކާބިންތަކަށް ނިދާއިވޭ ނަންފުޅުން މުޙައްމަދިއްޔަ ނޫރުމާތް

އައިމިނަތުގެފާނު ގަނޑުވަރުން ބަހާރު އާސިޔަތު ވަމަރްޔަމާއި ޙޫރުނާ
ފާޅުވީއެވަފުދު މިއަސްބާބުގައި ޚިދުމަތަށްޓަކައި އެދެވޭ އެންމެހާ
އެހިނދުރައްކާވި ދަރިކަލުން މިމާތް
ނަންފުޅުން މުޙައްމަދިއްޔަ ނޫރުމާތް

އެންމެހާ މިމުސްލިމުންގެ ދޫތަކާ ހިތްތަކުންވެވޭ ހަނދާނަކީ މިނޫރު
ރަޙުމަތާއި ހެޔޮ ޝަފާޢަތަށް އަދާ ކޮންމެ ނޭވައެއްމެ ލަނީ ނެތި ސުވާލު
ކިޔެވަމުން އައްޞަލާތު ވައްސަލާމް
ނަންފުޅުން މުޙައްމަދިއްޔަ ނޫރުމާތް
މަދަޙަ ހިއްސާކުރައްވާ :

0 comments:

Post a Comment



 

ކޮޕީރައިޓް © 2012-2014. މަދަޙަ نشيد - ލިރިކްސް
ފަރުމާކުރީ އަޙްމަދު ރަޝީދު
ހޮސްޓް ކުރީ ބްލޮގަރ ގައި