މައި ޞަފްޙާ » , , » ޙަޖްރުލް އަސްވަދު، ރަސޫލާ އަތްޕުޅުން

ޙަޖްރުލް އަސްވަދު، ރަސޫލާ އަތްޕުޅުން

ޕޯސްޓްކުރީ Unknown Saturday, February 23, 2013 | 3:35 PM

ރާގު: ތެރީ އާންކޮކާ ޖޯ އިޝާރާ

ނެތީހޭ މިޢާލަމް އުޑާބިންނެތީހޭ

ނުވާނަމަތިބާ އާދެ ކަޢު ބާނުވީހޭ

ނެތީހޭ މިޢާލަމް

ނެތީހޭ މިޢާލަމް އުޑާބިންނެތީހޭ    

ނުވާނަމަތިބާ އާދެ ކަޢުބާ ނުވީހޭ

ނެތީހޭ މިޢާލަމް

މިދުނިޔޭގެބިމުގައި މުޤައްދަސް ބިނާމީ

އަލުންހެޔޮ ތަވައްޖުހްވެދާ ޤިބުލައޭމީ

މިދުނިޔޭގެބިމުގައި މުޤައްދަސް ބިނާމީ

އަލުންހެޔޮ ތަވައްޖުހްވެދާ ޤިބުލައޭމީ 

ޔަޤީނޭ މިތިޔަ މާތް ވިފައިންޕުޅު އަޅުއްވާ.......ނުވާނަމަތިބާ

ޚަލީލާ ޒަބީޙީއަސަރުތައް އުޖާލާ

ވަނީއަލިވެގެފުޅާ ޙަރަމްފުޅުތެރޭގާ

ޚަލީލާ ޒަބީޙީއަސަރުތައް އުޖާލާ

ވަނީއަލިވެގެފުޅާ ޙަރަމްފުޅުތެރޭގާ

ދުޢާފުޅުތަކުން މާތް އިޝާރާތް އެދެއްވާ.........ނުވާނަމަތިބާ

ޒަމާންތަކުގެފިންޏާ ގެނައި ހޫނުކަމަކުން

ނެތޭ އުނިކަމެއް އާހިޔަނިވެސް މިއެޅިގެން

ޒަމާންތަކުގެފިންޏާ ގެނައި ހޫނުކަމަކުން

ނެތޭ އުނިކަމެއް އާހިޔަނިވެސް މިއެޅިގެން

ދުނިޔެ އިންތިޒާރުން މިއަލިނޫރަކަށްވާ....ނުވާނަމަތިބާ

މިއައި ސައިލުތައްއަބް ޠޮޙުން އަޑު ކިޔާފައި

ހަލާކެއް އުފެއް ދީ ޙަރަމްފުޅު ތެރޭގާ

މިއައި ސައިލުތައްއަބް ޠޮޙުން އަޑު ކިޔާފައި

ހަލާކެއް އުފެއް ދީ ޙަރަމްފުޅު ތެރޭގާ

ކުރެއްވުން މި ޚިދުމަތް މިއަދު އަތްޕުޅުން ވާ....ނުވާނަމަތިބާ

ޙަޖަރު އަޝްވަދާމެދު އަރާރުން އުފެދުމުން

ޢަދުލުވެރި ކަމެއް އާދެ ޤާއިމު ކުރެއްވުން

ޙަޖަރު އަޝްވަދާމެދު އަރާރުން އުފެދުމުން

ޢަދުލުވެރި ކަމެއް އާދެ ޤާއިމު ކުރެއްވުން

އެ ހިލަފުުޅު ބެހެއްޓެވުމުގާ ޝަރަފް ދެއްވުން ....ނުވާނަމަތިބާ
މަދަޙަ ހިއްސާކުރައްވާ :

0 comments:

Post a Comment



 

ކޮޕީރައިޓް © 2012-2014. މަދަޙަ نشيد - ލިރިކްސް
ފަރުމާކުރީ އަޙްމަދު ރަޝީދު
ހޮސްޓް ކުރީ ބްލޮގަރ ގައި