މައި ޞަފްޙާ » » މަހުޝަރު

މަހުޝަރު

ޕޯސްޓްކުރީ Unknown Tuesday, February 19, 2013 | 7:33 AM

ރާގު: ނަސަބޭ ޚިޔާރުވެގެން ހިނގާ
ބިރުވެރި ކަމުން ފުރިގެން އެވާ ދުވަހަށް އަޅުން ތައްޔާރުވޭ                 
މަރުވާނެކަން ދަނެތިބެނިކަން އަޅުކަން ކުރަން ތައްޔާރުވޭ     
ބިރުވެރި ކަމުން ފުރިގެން އެވާ.............


ފަސްއިރު ނަމާދަށް ގޮސް އަޅުން ﷲ ކިބައަށް ޙަމްދުކޮށް            
ގަސްތުގަ ނަމާދެއް ދޫނުކޮށް ތެދުވެރިވެ ތިބެ އަޅުކަން ކުރޭ
ތެދުވެރިވެ ތިބެ އަޅުކަން ކުރޭ...............
މުސްލިމުކަމީ ތަޤުވާވުމޭ ކުށްފާފަޔަށް ތަޢުބާވުމޭ
ބިރުވެރި ކަމުން................


ރޯދައިގެ މާތްކަން ދަނެގަނޭ އެމަހުން ޘަވާބާ ދަރުމަވޭ              
ހޯދާށެ ގިނަގުނަ ނިޢުމަތާ ހެޔޮކަން އިތުރު ލިބިގެންވެޔޭ
ހެޔޮކަން އިތުރު ލިބިގެންވެޔޭ.................
ނޭދޭށެ ދުނިޔޭގައި އުފާ އިންސާފުވީ މަޙުޝަރުގައޭ
ބިރުވެރި ކަމުން...............


ރާގުގެ އަސްލު ލަވަ:
މަދަޙަ ހިއްސާކުރައްވާ :

0 comments:

Post a Comment



 

ކޮޕީރައިޓް © 2012-2014. މަދަޙަ نشيد - ލިރިކްސް
ފަރުމާކުރީ އަޙްމަދު ރަޝީދު
ހޮސްޓް ކުރީ ބްލޮގަރ ގައި