މައި ޞަފްޙާ » » ރަސޫލާ

ރަސޫލާ

ޕޯސްޓްކުރީ Unknown Monday, February 18, 2013 | 4:41 PM


ރާގު: ކަލާގެ އަސަރުގައި
 

ހަލާކުވެ ގެއްލުމުގެ ފުންވަޅު ގަނޑެއްގައި ދުނިޔެ ވީހިނދުގާ                
ސަލާމަތް ކަމުގެ ނޫރެއް އަދު ގެނެސްދިން ހެޔޮ ރަސޫލާއޭ
ހަލާކުވެ ގެއްލުމުގެ ފުންވަޅު       
   
މިދުނިޔޭގައި ނުބައި ޖާހިލު ޢަމަލުތަށް ގިނަވެފައި ވަނިކޮށް                  
މިދުނިޔޭގައި އުޅެން ވީގޮތް ހަނދާން ކޮށް ދިން ރަސޫލާއޭ    
ހަލާކުވެ ގެއްލުމުގެ ފުންވަޅު

ގުރައިޝުގެ ދެކޮޅު ވެރިކަމުގައި ނުބައި ރޭވުން ތަކަށް ކެތްކޮށް               
އަސަރު ކުރުވަނިވި އަނިޔާޔާ ޒަޚަމް ލިބިގަތް ރަސޫލާއޭ 
ހަލާކުވެ ގެއްލުމުގެ ފުންވަޅު                                             

އެތަށް ހަނގުރާމައެއް ގައިލޭ އޮހޮރުވައި ނަސްރު ހޯދައިގެން                                
އެތަށް ޢިބުރަތްތަކާ އަގުހުރި މިސާލެއް ދިން ރަސޫލާއޭ     
ހަލާކުވެ ގެއްލުމުގެ ފުންވަޅު

ރާގުގެ އޯޑިއޯ:
މަދަޙަ ހިއްސާކުރައްވާ :

0 comments:

Post a Comment



 

ކޮޕީރައިޓް © 2012-2014. މަދަޙަ نشيد - ލިރިކްސް
ފަރުމާކުރީ އަޙްމަދު ރަޝީދު
ހޮސްޓް ކުރީ ބްލޮގަރ ގައި