މައި ޞަފްޙާ » , » ކައު އިތުރު ސާހިބާއަށް ޞަލަވާތް އިތުރު ސަލާމާ

ކައު އިތުރު ސާހިބާއަށް ޞަލަވާތް އިތުރު ސަލާމާ

ޕޯސްޓްކުރީ Unknown Wednesday, June 14, 2017 | 11:30 PM


ކައު އިތުރު ސާހިބާއަށް ޞަލަވާތް އިތުރު ސަލާމާ
އަބަދަށް ލައްވާންދޭ * 2

ލޮބުވެތި ތިއީ ނަބީއޭ މަތިވެރިވި މާތް ރަސޫލޭ
ޞަލަވާތް ލައްވާންދޭ * 2

ކަޅު އަނދިރިވީ ޖަހާލަތު ދުނިޔޭގަ ފެތުރިފައިވީ * 2
ފޮހެލައްވާ މިދީނުގެ ނޫރުން މި ބިން ފުރާލީ
އޯއޯއޯ........

ރަޙްމަތުގެ މާތް އަމީނާ ހެޔޮހާ ދުޢާ ސަނާޔާ
އަބަދަށް ލައްވާންދޭ * 2

ޙަމްދާ ޝުކުރު އިލާހަށް ކުރެވޭ ހިތުން ނިހާއީ * 2
ދެއްވުން އަދާ ޝަފާޢަތް އަޅަމެންގެ ކައު ޙަބީބާ
އޯއޯއޯ........
ލައްވާށެ މާތްވި ނިޢުމަތް ރަޙްމަތުގެ ސާހިބާއަށް
އަބަދަށް ލައްވާންދޭ *
މަދަޙަ ހިއްސާކުރައްވާ :

0 comments:

Post a Comment



 

ކޮޕީރައިޓް © 2012-2014. މަދަޙަ نشيد - ލިރިކްސް
ފަރުމާކުރީ އަޙްމަދު ރަޝީދު
ހޮސްޓް ކުރީ ބްލޮގަރ ގައި