މައި ޞަފްޙާ » , » ޢަބުދުލް މުއްޠަލިބު އަވަހާރަވުން

ޢަބުދުލް މުއްޠަލިބު އަވަހާރަވުން

ޕޯސްޓްކުރީ Unknown Tuesday, July 1, 2014 | 2:28 PM

ރާގު : ބާބުލްކެ ދުޢާއޭ
އާހުންނޭ ޒަމާންވީ ނޭވާގައި ކަރުނައިގެ ދުޢާ ތަކުރާރުވަނީ
                 ރޮވުމުން ހުޅުވޭހާ ލޯތަކުގައި ފިތުރަތު އޮހޭ ފިނިޔާދވަނީ – އާހުންނެ ޒަމާން

ޢަރަބީންގެ ހިތާމޭ މިލުވަނީ ޙަބަރެއް ހިނގަނީ މުޅި ބަސްތީގައި
                 ދިރުމެއް ލިބިގެންވާހާ ދުލަކުން ގޮވެނީ އަދު އާހޭ ބަސްތަކުގައި
                         ޝަރަފާ މުޅި ޢިއްޒަތް އުވިދާހެން މައްކާގެ ބިމުން މިޝުޢޫރުވަނީ
                                                                އާހުންނެ ޒަމާން
  
ލޯތްބެއް އެފަދަ ކޮބައިތޯ ކުރެވެން ދަރިކަލުންނަށް އާދެ މިފުރުޞަތުގައި 
                 ފުރައުއްތަ ވުމުން ކާފާފުޅު މާތް ދެއްވި ޤުރުބާނީ ޙިދުމަތުގައި
                         އޯގާވެރި ދީލަތި އުނގުފުޅުގައި އެއުޅުއްވި ގޮތޭ ތަސްލީމް ވަނީ
                                                                އާހުންނެ ޒަމާން
ފަނޑުވުން ނުމެވާށީ ޢާލަމްގައި އަދަދެއް ނުމެވާނެ ހެޔޮކަމުގައި
                 ދުނިޔެއިން މިވަޞިއްޔަތުގައި ޒިންމާއެޅުނީ އެ ޢަބޫޠާލިބުގެ އަމާން
                         ކޮނޑުފުޅުގައިތާ މާތް ކާފާފުޅު ދެއްވެވި މަތިވެރި އިރުޝާދުވަނީ
                                                                އާހުންނެ ޒަމާން
ލިބިދޭ އިލްޙާމާއި އެކަށޭހެން ލޮބުވެތިވި ރަސޫލާ ބެއްލެވުމުން
                 ކީރިތިވި އިލާހީ ނޫރުފުޅަށް ހިތްޕުޅު ނިޔަނެތި ލެބި ހުންނެވުމުން
                         ނިޢުމަތުގެ ސުވަރުގޭގައި މަތިވެރި ދަރުމައިގެ މަގާމެއް ސޫރަވަނީ
                                                                އާހުންނެ ޒަމާން
-ޔޫސުފް މުޙައްމަދު ފުޅު-
މަދަޙަ ހިއްސާކުރައްވާ :

0 comments:

Post a Comment



 

ކޮޕީރައިޓް © 2012-2014. މަދަޙަ نشيد - ލިރިކްސް
ފަރުމާކުރީ އަޙްމަދު ރަޝީދު
ހޮސްޓް ކުރީ ބްލޮގަރ ގައި